އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފި

10 ވަނަ ވޯލްޑް ސްޕާ އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ ޝަރަފުވެރި އެވޯޑް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މިއީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖެއަށް ލިބުނު އިތުރު ޝަރަފެކެވެ. މި އެވޯޑަކީ ރާއްޖެއިން ލިބޭ ސްޕާ އަދި ވެލްނެސްގެ އާ އުފެއްދުންތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމާއި ރާއްޖެއިން ދޭ ޚިދުމަތްތެރި މަސައްކަތުގެ ނަތީޖާއެއް ކަމުގައިވެސް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ޝަރަފުވެރި ކާމިޔާބީގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށްވެސް ވަނީ އެވޯޑުތައް ލިބިފައެވެ. 

މި އެވޯޑު ލިބުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ޚާއްޞަކޮށް ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ ދާއިރާއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން