މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްސީސީއީއީ) އިން ޔޫއެސްއެއިޑްގެ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް (ސާރެޕް) ގެ އެހީތެރިކަމާއެކު ހަކަތަރި ޕްރޮގްރާމާ ބެހޭ ތަމްރީނު ވޯރކްޝޮޕެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ވޯރކްޝޮޕްގެ މަޤްޞަދަކީ އިމްޕޯޓަރުންނާއި ރީޓެއިލަރުންނަށް މި ޕްރޮގްރާމާއި އޭގެ ފައިދާތަކާ ބެހޭ މަޢުލޫމާތު އިތުރުކޮށްދިނުމެވެ.
ވޯރކްޝޮޕް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ ޔޫއެސްއެއިޑްގެ ދެމެހެއްޓެނިވި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށާއި، ދިވެހިރާއްޖޭގައި ހަކަތައިގެ ހަރުދަނާކަން އިތުރުކުރުމުގައި ހަކަތަރި ޕްރޮގްރާމްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޔޫއެސްއެއިޑް އިން މިނިސްޓްރީއާ ގުޅިގެން ސާރެޕް މޯލްޑިވްސް ތަޢާރަފުކުރީ 6 އޯގަސްޓް 2024 ގައެވެ. މި ބައިވެރިވުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމާއި، ހަކަތަ ލިބުން ފުޅާކުރުމާއި، އަދި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމެވެ. ދިވެހިރާއްޖޭގައި ސާރެޕްގެ އަމާޒަކީ ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތައް ކުރިއެރުވުމާއި ހަކަތައިގެ ހަރުދަނާކަން އިތުރުކުރުމެވެ. މިއީ އަތްފޯރާފަށުގައި، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ހަކަތަ އެންމެންނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ވެފައިވާ އިލްތިޒާމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިދިޔަ ހަފްތާގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމްސީސީއީއީ) އިން ރާވައި ހިންގި ވޯރކްޝޮޕެއްގައި ހަކަތަރި އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މި ވޯރކްޝޮޕްގައި ޔޫއެސްއޭއައިޑީ ސާރެޕްގެ އިންޑިއާގައި މަސައްކަތްކުރާ އެނަރޖީ އެފިޝެންސީ ޓީމުވެސް ބައިވެރިވިއެވެ.
މި ވޯރކްޝޮޕް ކުރިއަށް ގެންދެވުނީ:
- އެމްސީސީއީއީގެ އެނަރޖީ އެފިޝެންސީ ސެކްޝަންގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ރިޒްނާ އަޙްމަދު ރަޝީދު، އެނަރޖީ އެފިޝެންސީއަށް ސްޓޭންޑަޑްސް އަދި ލޭބަލިންގ އަދި އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމެއްގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ.
- ޔޫއެސްއޭއައިޑީ ސާރެޕް މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރ މުޙައްމަދު ޢިނާޒު، ދިވެހިރާއްޖޭގެ އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމް - ހަކަތަރި އަދި އޭގެ ތަންފީޒީ އޮނިގަނޑާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ.
- އެމްސީސީއީއީގެ އެނަރޖީ އެފިޝެންސީ ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ސީޒާ، މޮނިޓަރިންގ، ވެރިފިކޭޝަން އަދި އެންފޯސްމަންޓް އަދި އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމް ތަންފީޒުކުރުމަށް ދެވޭ އެހީތެރިކަމާ ބެހޭ ސެޝަނެއް ކުރިއަށް ގެންދެވިއެވެ.
ހަކަތަރި ޕްރޮގްރާމަކީ ކަރަންޓުގެ އާލާތްތަކުގެ ހަކަތަ ސަލާމަތްކުރެވޭ މިންވަރު ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ފަސް ތަރީގެ ނިޒާމެއްގެ ދަށުން އުފެއްދުންތަކުގެ ލޭބަލްގައި ދައްކުވައިދޭ ޕްރޮގްރާމެކެވެ. ތަރި ގިނަވީ ވަރަކަށް އެ އާލާތެއްގެ ހަކަތަ ސަލާމަތްކުރެވޭ މިންވަރު މަތިވާނެއެވެ. މި ޕްރޮގްރާމުގެ މަޤްޞަދުތަކަކީ:
- ހަކަތަ ސަލާމަތްކުރެވޭ އާލާތްތައް ގަތުމަށް ޢާންމުން ހިތްވަރުދިނުން.
- ރަނގަޅު ގޮތްތައް ޚިޔާރުކޮށް ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް ޢާންމުންނަށް އެހީތެރިވުން.
- ދިވެހިރާއްޖޭގެ ބާޒާރުގައި ހަކަތަ ސަލާމަތްކުރެވޭ އުފެއްދުންތައް އިތުރުކުރުމަށް އިމްޕޯޓަރުންނާއި އުފެއްދުންތެރިންނަށް ހިތްވަރުދިނުން.
- ވައިގެ ތެރެއަށް ދޫކުރެވޭ ގްރީންހައުސް ގޭސްތައް މަދުކޮށް ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މަގުފަހިކުރުން.
މިހާރު ހަކަތަރި ޕްރޮގްރާމުގެ ދަށުން 60 މޮޑެލް ރަޖިސްޓަރ
ހަބަރު: ސަރުކާރު