މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ނެޝަނަލް ކެރިޔަރ ސަރވިސް (އެންސީއެސް) އާއި ސަސްޓެއިނަބަލް އެންް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓުން ލ. ފޮނަދޫގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ލ. ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން،ުރުން، އަމިއްލަ ޖަމާޢަތްތަކާއި ވަޒީފާދޭ ފަރާތްތަކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ޒުވާނުންނާއި ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދުމުގައި ކުރިޔަށްދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ބައްދަލުވުމުގައި އެންސީއެސް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ސެއިލްސް ޕްރޮޖެކްޓުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި ހުނަރު ބިނާކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، އެންސީއެސް ޕޯޓަލްގެ ބޭނުން ހެޔޮގޮތުގައި ހިފުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އެންސީއެސް އަދި ސެއިލްސް ޕްރޮޖެކްޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމަކީ ލ. ފޮނަދޫގައި ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމުގެ ބައެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ޒުވާނުން އެންސީއެސްގެ ޚިދުމަތްތަކާއި އެންސީއެސް ޕޯޓަލްއަށް އަހުލުވެރިކުރުވުމެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ރަށު ފެންވަރުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމަށް އެދިފައިވެއެވެ.