އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވުމަށް މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވުމަށް މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ސްވިޒަރލެންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. މި އެސެމްބްލީ އޮކްޓޯބަރ މަހުގެ 13 އިން 17 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ފަސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ އެސެމްބްލީގައި ބައިވެރިވުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ޕާލިމެންޓޭރިއަނުންނާ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުލުމަށް ލިބޭ މުހިންމު ފުރުޞުރުޞަތެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ޕާލިމެންޓޭރިއަނުން ބައިވެރިވެވަޑައިގަންނަވައި، ގްލޯބަލް ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ.

މިއަދު އޮންލައިން