ޤުރުއާން ކްލާސްތަކަށް ދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް: އިސްލާމީ މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޤުރުއާން ކްލާސްތަކަށް ދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް: އިސްލާމީ މިނިސްޓްރީ

ޤުރުއާން ކްލާސްތަކަށް ދާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އިބްރާހިމް އާސިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އާސިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ކްލާސްތައް ހިންގުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކްލާސްތަކަށް ދާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކިޔަވައިދެއްވާ ފަރާތްތަކާއި ކައުންސިލާ ގުޅިގެން ރައްކާތެރި ތަނެއްކަން ކަށަވަރުކުރާނެ. ކައުންސިލާއި ކިޔަވައިދެއްވާ ފަރާތްތަކާއެކު ސޮއިކުރެވިގެންދާނެ. އަދި ކައުންސިލްތަކާ އެ ވުޒާރާއިންވެސް ވަނީ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކޮށްފައި،" އާސިމް ވިދާޅުވިއެވެ.

މި މަޤްޞަދުގައި، ކިޔަވައިދޭ ފަރާތްތަކާއި ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށާއި، އަދި ޕްރޮގްރާމް ހިންގާ ރަށެއްގެ ކައުންސިލާއި އިސްލާމީ މިނިސްޓްރީއާ ދެމެދުވެސް އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ޕްރޮގްރާމުގައި ކިޔަވައިދޭ ފަރާތްތައް ޤުރުއާނާ ބެހޭ މަރުކަޒުން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ކިޔަވައިދޭ ހުރިހާ ފަރާތްތަކަކީވެސް ތަޢުލީމީ ގޮތުން ޤާބިލު، މޮޅެތި ފަރާތްތަކެއް ކަމަށް އާސިމް ވިދާޅުވިއެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒުން މަހަކު އެއްފަހަރު އެ ފަރާތްތަކާ ބައްދަލުކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ފެށުމުގެ މައިގަނޑު ބޭނުމަކީ ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށް އާސިމް ވިދާޅުވިއެވެ. އަދި މި މަސައްކަތުން މިސްކިތް ބޭނުންކޮށްގެން ދަރިވަރުންނަށް ޤުރުއާން ކިޔަވައިދެވޭނެ ފަހި މަގެއް ޤާއިމްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން