މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭއިން ލައިސަންސް ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭއިން ލައިސަންސް ދޫކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ލައިސަންސް ދޫކޮށްފިއެވެ. މި ލައިސަންސަކީ އެ ބޭންކުގެ މަސައްކަތްތައް ފެށުމަށް މަގުފަހިކޮށްދޭ އަސާސީ ހުއްދައެކެވެ.

އެމްއެމްއޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރު ވަނީ މި ލައިސަންސް ރަސްމީކޮށް ދޫކުރައްވާފައެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާގެ ވަޒީރު އަލްފާޟިލް މުޙައްމަދު ސަޢީދު ވަނީ ދައުލަތުގެ ފަރާތުން މި ލައިސަންސް އާ ޙަވާލުވެ ވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މި އަހަރުގެ މޭ މަހުގެ 16 ވަނަވަނަ ދުވަހު ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފައްދަވާފައެވެ. އަދި މި ބޭންކު ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހެޅުނީ ފާއިތުވި ޖުލައި މަހުގައެވެ.

މި ލައިސަންސް ދޫކުރުމާއެކު، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް އޭގެ މަސައްކަތްތައް ރަސްމީކޮށް ފެށުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ބޭންކަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ މުއައްސަސާއެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން