ބޮޑު 3 ފިރިހެނުން ނިކަމެތި އަންހެނެއްގެ ޢިއްފަތްތެރިކަމަށް އަރައިގަންނަން އުޅުނު ވަޤުތު ރޫޙާނީ ބާރަކުން ހުރަސްއެޅި ގޮތާ ސަބަބުގެ ވާހަކަ- ތިބާއަށްވެސް ހަމަ މިފުރުޞަތު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ބޮޑު 3 ފިރިހެނުން ނިކަމެތި އަންހެނެއްގެ ޢިއްފަތްތެރިކަމަށް އަރައިގަންނަން އުޅުނު ވަޤުތު ރޫޙާނީ ބާރަކުން ހުރަސްއެޅި ގޮތާ ސަބަބުގެ ވާހަކަ- ތިބާއަށްވެސް ހަމަ މިފުރުޞަތު އެބައޮތް!

އެއީ އިނގިރޭސިވިލާތުގެ ހޮޓަލެކެވެ. ހޮޓަލުގައި ހުރި މީހަކާ ބައްދަލުކުރަން ދިއަ ޒުވާން އަންހެނަކު 15 ވަނަ ފަންގިފިލާގައި ހިނގަނިކޮށް ކުއްލިއަކަށް ކޮޓަރިއަކުން ނުކުތް 3 މީހަކު އޭނާ ޖަހައިގަނެގެން ކޮޓަރިއަކަށް ވެއްދީއެވެ. ވައްދާފައި އުޅުނީ އޭނާގެ ޢިއްފަތްތެރިކަމަށް އަރައިގަންނާށެވެ! 

ސަލާމަތްކަމަށް އެދި އަޑުގަދަކުރެވޭކަށް ނެތެވެ. 3 ފިރިހެނުންގެ ކުރިމަތީގަ ދެއްކޭނެ ބާރެއް ނެތެވެ! އެމީހުންނަށް އަމާންދިނުން ނޫން ގޮތެއްވެސް ނެތެވެ! އެޙާލަތުގައި އޭނާ އެމީހުންނަށް ޙަމަލާދިނީ އޭނާގެ ހިތުންނެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރީއެވެ. މަދަދަށް އެދި ދުޢާކުރީއެވެ. 

ކުއްލިއަކަށް އިވުނީ ބާރަށް ދޮރުގަ ޖެހި އަޑެވެ. އަޑަށް 3 މީހުން ވަރަށް ބިރުގަތެވެ. އޭނާއަށް 10000 ޕައުންޑު ދީފައި އެދުނީ އެމީހުންގެ ވާހަކަ ނުބުނުމަށެވެ. އެހެން ބުނެފައި ގޮސް ދޮރުހުޅުވިއިރު ހަމައެކަކުވެސް ފެންނާކަށް ނެތެވެ. 

ލިބުނު ފުރުޞަތުގައި އަންހެންކުއްޖާ ކޮޓަރިން ނުކުމެ ދުވެ ގޮސް ލިފްޓަށް އަރައިގެން ފޭބީއެވެ. އޭނާގެ ފަހަތުން ނުކުތުމުގެ ހިތްވަރު އެމީހުންނަކަށް ނުލިބުނެވެ. ގެންފައި ތިބި ބިރެއްގެ ބޮޑުކަމުންނެވެ! 

ސެކިޔުރިޓީންނަށް ވަނީ ކެމެރާތަކުން އޭނާ ދުވިތަން ފެނިފައެވެ. އެހެންވެ އޭނާ ހުއްޓުވައި ސުވާލުކުރުމުން ކަންތައްވީގޮތް ކިޔައިދިނުމުން ފުލުހުން ގެނުވިއެވެ. އަދި ކަންތައް ހިނގި ގޮތް ސެކިޔުރިޓީން ކިޔައިދީ އޭނާ ގަދަކަމުން ކޮޓަރިއަށް ވެއްދި މަންޒަރާއި ދުވެ ނުކުތް މަންޒަރުގެ ވީޑިއޯ ދެއްކުމުން ފުލުހުން 3 މީހުން ހައްޔަރުކުރިއެވެ. 

އަންހެން ކުއްޖާއަށް ލިބުނު ފައިސާ ޞަދަޤާތްކުރީ މިސްކިތަކަށެވެ. އެއީ އޭނާއަށް ލެއްވެވި ރަޙްމަތަށް ޝުކުރުވެރިވުމަށާއި ފައިސާ ދިން ޝަރުޠު ފުރިހަަމ ނުކުރެވުނީތީ އެފައިސާ ޙަލާލްނުވާނެ ކަމަށް ބަލައެވެ. 

މިބާވަތުގެ ކަންކަން އަބަދުވެސް ދަނީ ހިނގަމުންނެވެ! ފުރަތަމަ ކަމަކަށް އަހުރެމެން ކުރަންޖެހޭ ކަމަކީ ޙައްޤު މަގުގައި ޘާބިތުވުމެވެ. އެއީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ އަޅަކުކަމުގައިވުމެވެ. ފާފައެއް ކުރެވުނަސް ވަޤުތުން ތައުބާވެ ވިއްދައިގެން ހެޔޮ ޢަމަލުކުރާ މީހަކު ކަމުގައިވުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވާ އަޅަކު ކަމުގައިވުމެވެ. 

ހަމައެއާއިއެކު ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރާ އަޅަކަށްވާނެޖެހޭނެއެވެ. އެއިރުން ތިބާއަށް ކުރިމަތިވި ޙާލަތުން ސަލާމަތްކުރައްވަވަން ﷲ ތަޢާލާ ރަޙްމަތުގެ މަލާއިކަތުން ފޮނުއްވަވާނެތެވެ. ތިބާއާއިއެކު ލައްވަވާފައިވާ ރަޙްމަތުގެ މަލާއިކަތުން ތިބާ ސަލާމަތް ކުރައްވަވައި ރައްކައުތެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ 

މިޘާލަކަށް މިޙާދިސާގައި އެއިވުނު އަޑަކީ ކޮން އަޑެއް ހެއްޔެވެ؟ ހަމަޤައިމުވެސް މީހަކު ނެތި އެފަދަ އަޑެއް އިވޭނީ ރޫޙާނީ ބާރަކުންނެވެ. ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން