ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު މަސްފެންގަނޑު މަރާމާތުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު މަސްފެންގަނޑު މަރާމާތުކުރަން ފަށައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތަކީ ސްޓެލްކޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރާ މަސައްކަތެކެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު އިތިތުރަށް ފުރިހަމަ ކުރުމަށްޓަކައި ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، މި މަސައްކަތް ކުރުމަށް ސްޓެލްކޯއިން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. މި މަސައްކަތް ކުރުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، އިސްލާމިކް މިނިސްޓަރ ޑޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރެއްވުމއްވުމަށްފަހުގައެވެ.

މި މަޝްވަރާއަށްފަހު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ އޭނާގެ ރ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިއަދު އޮންލައިން