ހަށިވިއްކުމުގެ ތުހުމަތުގައި ހުޅުމާލޭ ސްޕާއަކުން 7 މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހަށިވިއްކުމުގެ ތުހުމަތުގައި ހުޅުމާލޭ ސްޕާއަކުން 7 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކުމުގެ ޢަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، ކޯޓު އަމުރަކާއެކު އިއްޔެ ރޭ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ވަނީ ހުޅުމާލޭގައި ހުރި ސްޕާއެއް ބަލައި ފާސްކުރުމަށްފަހު 7 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ދިވެހި އަންހެނުންނާއި، އެއް ދިވެހި ފިރިހެނަކާއި، އަދި ތިން ތައިލެންޑު އަންހެނުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމި ގޮތުގައި، ތައިލެންޑުގެ ތިން އަންހެނުން 10 ދުވަހަށް، ދިވެހި ތިން އަންހެނުން 7 ދުވަހަށް، އަދި ދިވެހި ފިރިހެނާ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.

ފުލުހުންގެ ފަރާތުން މި ޚަބަރު ކަށަވަރުކޮށްދެމުން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދާ ކަމަށެވެ. 

މިއަދު އޮންލައިން