އެމްއެންޑީއެފްގެ "އޮޕަރޭޝަން ހިރާސް ފާސް" ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އެމްއެންޑީއެފްގެ "އޮޕަރޭޝަން ހިރާސް ފާސް" ނިންމާލައިފި

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ހިރާސް ފާސް" ނިންމާލައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އޮޕަރޭޝަންގެ ދަށުން މާލެ ސަރަހައްދުގައި ހުރި ކެމިކަލް ގުދަންކުރާ 144 ތަނެއް ބަލައި ފާސްކުރެވުނު ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން 399 ޢިމާރާތާއި 62 ފިހާރައިގެ މަޢުލޫމާތު އެއްކުރެވުނެވެ. އަދި މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަން ޗެކްކުރެވުނެވެ. މި ތަންަންތަނުގައި އަލިފާން ނިއްވޭނެ ރަނގަޅު އިންތިޒާމު ހުރިތޯވެސް ބެލުނެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދު 10 ޒޯނަކަށް ބަހާލައިގެންނެވެ. އަދި މި އޮޕަރޭޝަނުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެހެނިހެން 6 މުއައްސަސާ ބައިވެރިވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދެވުނީ މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް ކަމަށް ބެލެވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ އަލިފާނުގެ ހާދިސާތައް މަދުކުރުމަށާއި، އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން