މޯލްޑިވްސް ޕޮލިޓެކްނިކުން އަތޮޅުތެރޭގެ ތަޖުރިބާކާރުންނާއެކު ތަމްރީނު ފުޅާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މޯލްޑިވްސް ޕޮލިޓެކްނިކުން އަތޮޅުތެރޭގެ ތަޖުރިބާކާރުންނާއެކު ތަމްރީނު ފުޅާކުރަނީ

މޯލްޑިވްސް ޕޮލިޓެކްނިކުން އަތޮޅުތެރޭގެ ތަޖުރިބާކާރުންނާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަމްރީނުގެ ފުރުސަތު ފަހިކުރަމުންދާކަމަށް އެ މުއައްސަސާގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޛޫޝާން ވިދާޅުވީ، އަތޮޅުތެރެއިން ރާއްޖެއަށް ބޭނުންވާ ހުނަރުވެރިން ފެންނަ ކަމަށާއި، މި ފަރާތްތައް މެދުވެރިކޮށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ރަށްރަށުގައި ތިބި ތަޖުރިބާކާރުން މެދުވެރިކޮށް ތަމްރީނު ދިނުމުން ޚަރަދު ކުޑަވެ، ވަޒީފާގެ ފުރުސަތު އިތުރުވެ، އަދި ރަށުގައި ތިބެގެން ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ. މިއީ ވަރަށް މުހިންމު ކަމެއް،" ޛޫޝާން ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) މެދުވެރިކޮށް އަތޮޅުތެރޭގެ ތަޖުރިބާކާރުންނަށް ޤައުމީ ސަނަދު ހޯދައި، ނެޝަނަލް އެސެސަރުންގެ ގޮތުގައި ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޛޫޝާން ހާމަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ފަންނީ ތަމްރީނު ލިބުމުގެ ފުރުސަތު އިތުރުވެ، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން