ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރުމުން 13 މިލިއަން ރުފިޔާ ސަލާމަތްވި: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރުމުން 13 މިލިއަން ރުފިޔާ ސަލާމަތްވި: ފަހުމީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން އަމިއްލައަށް އެ ކުންފުނީގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރުމުން 13 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ސްޓެލްކޯ މޯލްޑިވްސްގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށެވެ.


ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، މި އިމާރާތަކީ 7,500 އަކަފޫޓުގެ ބޮޑުމިނުގެ ދެ ބުރީގެ އިމާރާތެއް ކަމަށާއި، މި އިމާރާތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށް ކަމަށެވެ. މި މަޝްރޫޢު ބީލަމަށް ދިޔަނަމަ ހޭދަވީސް ކަމަށް ލަފާކުރެވޭ 13 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

މި ސެންޓަރުގައި އިންޖީނުތަކާއި، ޓްރާންސްފޯމަރުތަކާއި، ކޭބަލްތަކާއި، އަދި އާ އަދި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ ފުރިހަމަ ހައްލުތައް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން، ސްޓޯރޭޖް ސިސްޓަމްތައްވެސް މި ސެންޓަރުގައި ހިމެނޭނެ ކަމަށާއި، މިއީ ދިވެހިރާއްޖެއަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ރަނގަޅަށް ތައްޔާރުވުމަށް ކުރެވޭ ކަމެއް ކަމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، މި ކުރިއެރުމަކީ ރައީސް ޑރ. މުޢިއްޒު ޤައުމަށް ވަރުގަދަ އަދި ރައްކާތެރި ހަކަތައިގެ މުސްތަޤުބަލެއް ގެނެސްދިނުމަށް ކުރައްވާފައިވާ ވަޢުދާ އެއްގޮތަށް ކުރެވިފައިވާ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން