ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ތަރައްޤީގެ މަޝްރޫޢުއަކީ ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމުގެ ފުރިހަމަ މިސާލެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންލލީ ޒިންގ ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ ކުރީގެ ރަންވޭ އަލުން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ޗައިނާއިން ސަފީރު ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްޤީގެ މަޝްރޫޢުއަކީ ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުމުގެ ފުރިހަމަ މިސާލެއް ކަމަށާއި މި މަޝްރޫޢުއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ކާމިޔާބީ ދައްކުވައިދޭ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤާބިލިއްޔަތުކަން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤާބިލިއްޔަތުކަން އިތުރުވާނެ. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މި މަޝްރޫޢު މުހިންމުވާއިރު، މި އެއާޕޯޓަކީ އަޅުގަނޑަށް މިހާތަނަށް ފެނުނު އެންމެ ބާރުބޮޑު ނަމަވެސް އެންމެ އެފިޝެންޓް އެއަރޕޯޓު،" ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަފީރު ވަންލީ ޒިންގ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދުގެ އެއް އިންޖީނު ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތް ކުރުމަށް ޗައިނާގެ ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.