ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަނެތި އެތެރެކުރުން މަނާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަނެތި އެތެރެކުރުން މަނާ

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަނެތި ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްކަމަށް އިއުލާނުކޮށްފައެވެ. މި އިއުލާނުގައި މިފަދަ ތަކެތި ހުއްދަނެތި އެތެރެކޮށްފިނަމަ އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު ހިމަނާފައިވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިފަދަ ތަކެތި ހުއްދަނެތި އެތެރެކޮށްފިނަމަ، ކކޮންމެ އެއްޗަކަށް 30،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ތަކެތީގެ ބައެއް ނުވަތަ އުފެއްދުމެއް ހުއްދަނެތި އެތެރެކޮށްފިނަމަ، ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މިފަދަ ތަކެތި ޤާނޫނާ ޚިލާފަށް ގެންގުޅުމާއި، ވިއްކުމާއި، އާންމުކޮށް ދެއްކުމަކީވެސް މަނާކަމެއްކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ. އަދި ހުއްދައިގެ ޝަރުތުތަކާ ޚިލާފުވުމުން ތަކުރާރުވާ މިންވަރަކުން 5،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ މިފަދަ ތަކެތި ނައްތާލުމުގެ ނުވަތަ އަނބުރާ ފޮނުވާލުމުގެ ޚަރަދު އުފުލަންޖެހޭނީ އެތެރެކުރި ފަރާތުންކަމަށެވެ.

މި ފިޔަވަޅުތައް އަޅަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ދިރޭތަކެތީގެ މުއްސަނދިކަން ހިމާޔަތްކުރުމަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކުންވާކަމަށްވެސް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން