ރާއްޖެ އެތެރެކުރަންއުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖެ އެތެރެކުރަންއުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ދެ ރައްޔިތެއްގެ ލަގެޖުން 2.05 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮކްޓޯބަރު 15 ވަނަ ދުވަހު، މެލޭޝިއާއިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ދެ ފަސިންޖަރުންނަކީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ.

ކަސްޓަމްސްއިން ބުނީ މި ދެ ފަސިންޖަރުންގެ ލަގެޖުން ފެނުނު ތަކެތި ތަޙުލީލުކުރުމުން، އެއީ ހެރޮއިން ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 2,050,000 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން