ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކު ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސިނަމާލޭ ބްރިޖް މޮނިއުމަންޓް ޕާކު ރަސްމީކޮށް ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލޭ ބްރިޖްގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްފައިވާ ބްރިޖް މޮނިއުމަންޓް ޕާކު މިއަދު ރަސްމީކޮށް ހުޅުވައިދެވިއްޖެއެވެ. މި ޕާކު ހުޅުވައިދެއްވީ ޢިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރަޒީރު އަދި ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރެވެ.

ދިވެހި-ޗައިނާ ގުޅުން ދައްކުވައިދޭ މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ބޮޑު ބައެއް ހިމެނޭ މަޝްރޫޢެކެވެ. މި ޕާކުގައި ބްރިޖް ތަރައްޤީކުރެވުނު ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖްގެ މަޢުލޫމާތު ހިމެނޭ ފޮޓޯތައް ވަނީ ޢާންމުންނަށް ފެންނަ ގޮތަށް ބަހައްޓާފައެވެ. އަދި މި ޕާކަކީ ބްރިޖް މަޝްރޫޢުގެ މަޢުލޫމާތު ލިބޭނެ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ތަނެކެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވަޒީރު ވިދާޅުވީ، "މިއީ ރާއްޖޭގެ އެންމެ ބޮޑު ޢުމްރާނީ މަސައްކަތް ކަމަށްވާތީ، މި މަޝްރޫޢުގެ މަޢުލޫމާތު ޢާންމުންނަށް ލިބެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ދާއިރާއިން ކުރިއަށްދާން ތިބި މީހުންނަށް މި މަޢުލޫމާތަކީ ވަރަށް މުހިންމު މަޢުލޫމާތެކެވެ."

ޗައިނާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީކުރެވިފައިވާ މި ބްރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ. މި ޕާކު ހުޅުވުމާއެކު، ޢާންމު ރައްޔިތުންނަށް މި މުހިންމު މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތު ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން