ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެ

ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ފައިދާ އަންނަ އަހަރުން ފެށިގެން ފެންނާނެކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.


މާލީ ވަޒީރުގެ ނައިބު ވިދާޅުވީ، އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމުން ޚަރަދު ކުޑަވާނެކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2025 ވަނަ އަހަރު މި މަސައްކަތް ފުރިހަމައަށް ހިންގަން ފެށުމުން އާސަންދައިގެ ޚަރަދު އިތުރަށް ކުޑަވާނެކަމަށް އަޅުގަނޑުމެން ބަލަނީ," މާލީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ބޭސް ވިއްކަމުންދަނީ 200% އިން 2000% އާ ދެމެދުގެ ފައިދާއެއް ނަގައިގެން ކަމަށް މާލީ ވުޒާރާއިން ހާމަކުރިއެވެ. ނަމަވެސް، މިއަހަރު 7 ބާވަތެއްގެ ބޭސް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ދައުރުކުރަން ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި މަސައްކަތުގެ ސަބަބުން ބޭހުގެ އަގު ތިރިވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން