ޕެރިސްގައި ކުރިއަށް ދިޔަ 6 ވަނަ "ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން" ސަމިޓްގައި މިނިސްޓްރ މާރިޔާ ބައިވެރިވަޑައިގަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕެރިސްގައި ކުރިއަށް ދިޔަ 6 ވަނަ "ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން" ސަމިޓްގައި މިނިސްޓްރ މާރިޔާ ބައިވެރިވަޑައިގަންނަވައިފި

6 ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން ސަމިޓްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވަޑައިގަންނަވައިފިއެވެ.

ޔުނެސްކޯ އަދި ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމްކުރައްވައި މި އޮކްޓޯބަރ މަހުގެ 17 އަދި 18 ވަނަ ދުވަހު، ފްރާންސްގެ ޕެރިސްގައި ކުރިއަށް ދިޔަ މި ސަމިޓްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުންގެ މެދުގައި، ތަޢުލީމީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅިގެން މަޝްވަރާކޮށް، މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވުނު ސަމިޓެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ސަމިޓްގައި، މިނިސްޓްރ ޑރ. މަރްޔަމް މާރިޔާ ވަނީ ގްލޯބަލް ކްރިއޭޓިވް ތިންކިންގ އިންސްޓިޓިއުޓްގެ ފްރޭންކް ލޯ، ޗެއަރ އޮފް ޔުނެސްކޯ-އައިއައިޓީއީ ގަވަނިންގ ބޯޑް، ޕްރޮފެސަރ އާޝާ ކަންވަރް އަދި ޑައިރެކްޓަރ އޮފް ޔުނެސްކޯ-އައިއައިޓީއީ، ޓައޯ ޒަންއާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ސީޝެލްސްގެ އެޑިޔުކޭޝަން މިނިސްޓްރ، ހިޒް އެކްސެލެންސީ، ޖަސްޓިން ވެލެންޓިންއާއި ވެސް ބައްދަލުކުރައްވާފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން