ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. 

މިތަކެތި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވައިގެ މަގުން ބެންކޮކުން ރާއްޖެ އައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖުންނެވެ.

މިކަމާގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައިގެންފައިވަނީ ދިވެހި ފިރިހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށެވެ. އަދި މިތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1.86 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން