ރިމާންޑް ސެންޓަރުތަކާއެކު މަސްތުވާތަކެތީގެ މައްސަލަތަކަށް ގިނަ ހައްލުތައް ލިބޭނެ: އެންޑީއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރިމާންޑް ސެންޓަރުތަކާއެކު މަސްތުވާތަކެތީގެ މައްސަލަތަކަށް ގިނަ ހައްލުތައް ލިބޭނެ: އެންޑީއޭ

ރިމާންޑް ސެންޓަރުތަކާއެކު މަސްތުވާތަކެތީގެ މައްސަލަތަކަށް ގިނަ ހައްލުތައް ލިބޭނެކަމަށް އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ރިމާންޑް ސެންޓަރުތަކާއެކު ގިނަ ހައްލުތައް ލިބޭނެކަމަށާއި އަދި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއްކަމަށެވެ.

"ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަ ކުޑަކޮށް ފެށިނަމަވެސް ޖުލައިގައި މީހުން ނަގާ، ހުޅުމާލޭގެ ސެންޓަރުގެ ޚިދުމަތް މިހާރު ވަނީ ފަށާފައި" ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ވަނީ ޤާއިމުކޮށްފައެވެ. 

މިއަދު އޮންލައިން