މިއަދު ފެންނަމުން މިދަނީ ކުރީ ސަރުކާރުން ހިންގާފައިވާ އިހުމާލުތަކުގެ ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.ަ
ސޯޝަލްމީޑިއާގައި ކުރެއްވިޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ މިއަދު ފެނިގެންދަނީ ނިމިދިޔަ ދައުރުގައި ސަރުކާރަށް ލިބުނު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަގޮތުގައި ކުރަމުންދިޔަ ޤާނޫނާއި ޚިލާފު ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ހުރިހާކަމަކަށް ފުރިހަމައަށް ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ. އަދި ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް އެކި ގޮތްގޮތުން ލިބުނު އެހީގެ ތަފްސީލުވެސް ފޮރުވާފައިވާކަމަށް ނައިބު ރައީސްވަނީ ތުހުމަތު ކުރައްވާފައެވެ.
ނައިބު ރައީސް މިހެންވިދާޅުވެފައިވަނީ ކުރީ ސަރުކާރުގައި މާލީ ކަންކަން ހިންގާފައިވާގޮތަށް ސަރުކާރުން ވަރަށް ބޮޑަށް ފާޑު ކިޔުމާއި ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވަނީ އެކަމަށް ރައްދު ދެއްވުމާއި ގުޅިގެންނެވެ.