ރާއްޖޭގެ ޒަކާތު ހައުސްއާއި އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.

މިއަދުނޫހާއި ގާތް ގުޅުމެއް ބާއްވަވާ ޑރ. ޢާއިޝަތު މުނީޒާއަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގައާއި ފިނޭންސް މިނިސްޓްރީގައި އިސް މަޤާމްތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ. އިސްލާމީ ފިނޭންސްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ޚިދުމަތްކުރައްވާ މަތީދަރަޖަތައް ޙާޞިލުކުރައްވަމުން ގެންދަވާ މަޝްހޫރު ބޭކަނބަލެކެވެ.