ރާއްޖޭގެ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްަރާތްތަކަކީ ސެޓިފައިޑް އަދި ޚާއްޞަ ލައިސަންސެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
ވަޒީރު މިހެންވިދާޅުވީ ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ދާއިރާގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ތަމްރީނު ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި، ރެފްރިޖަރެންޓް ރީސައިކަލް އަދި ރިކްލެމޭޝަން މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތަކީވެސް ޚާއްޞަ ދާއިރާއެއްކަމަށާއި، މިއީ ކުރިއެރުވިދާނެ ދާއިރާއެއްކަމަށެވެ. އަދި މި ދާއިރާގެ ރައްކާތެރިކަމަށްޓަކައި ސެޓިފައިޑް ލައިސަންސް ދެވިގެން ކުރަންޖެހޭ މަސައްކަތަކަށް ހަދަންޖެހޭކަމަށްަށްވެސް ވަޒީރު ފާހަގަކުރެއްވިއެވވިއެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ސެޓިފިކޭޝަން ޕްރޮސެސްއަކާއި ލައިސެންސިންގ ޕްރޮސެސްގެ މަސައްކަތް. މި މަސައްކަތް ނިންމާ މި އަހަރުގެ ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި ބަލަނީ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަންގެ މަސައްކަތަކީ ސެޓިފައިޑް އަދި ލައިސަންސް ދީގެން ކުރެވޭ މަސައްކަތަކަށް ހެދުން،" ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެއަރކޮންޑިޝަނިން އަދި ރެފްރިޖެރޭޝަން ދާއިރާގެ ފެންވަރު މަތިވެ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުވެ، ރައްކާތެރިކަން ކަށަވަރުވާނެކަމަށް ބެލެވެއެވެ. އަދި މިއީ މި ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ފާހަގަކުރެވެއެވެ.