ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި

ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ސަރުކާރުގެފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދުއެވެ.

މިއިސްލާހުގައި ހިމެނެނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުގެ އިތުރުން، އީ-ސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީވެސް ބޮޑުކުރުމެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އަދި އެއާ ގުޅޭ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ނިންމަވާފައެވެ.

ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި، މި އިސްލާހުގައި އެތަކެތީގެ އިމްޕޯޓް ޑިއުޓީ އިތުރުކުރުމަށް ހުށަހަޅާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކޮށް ނެގުމަށެވެ.

ބިލުގައިވާ ގޮތުން، މިހާރު ރާއްޖެ އެތެރެކުރާ ސިނގިރޭޓާއި ބިޑިން 25 ޕަސެންޓް ޑިއުޓީ އަދި ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން 3 ރުފިޔާ ނަގާއިރު، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާ ނެގޭނެއެވެ. 

 
މިއަދު އޮންލައިން