ވޭޕް ވިއްކުމާއި ބޭނުންކު ކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި ޤާނޫނަށް އިސްލާހު ހުށައަޅުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވޭޕް ވިއްކުމާއި ބޭނުންކު ކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި ޤާނޫނަށް އިސްލާހު ހުށައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވުނު ޖަލްސާގައި، ސަރުކާރުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅުއްވައިފިއެވެ. މި އިސްލާހުތަކުގެ ދަށުން، އީ-ސިނގިރޭޓް އަދި ވޭޕް ވިއްކުން 20,000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ވޭޕް ބޭނުންކުރުން 5,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި، ދުންފަތުގެ ބާވަތްތައް 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި އާންމުކޮށް ފެންނަގޮތަށް ބެހެއްޓުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ދުންފަތް އުފެއްދުމާއި، ވޭޕް އާލާތްތައް އެތެރެކުރުން، ވިއްކުން، ހިލޭ ބެހުން އަދި ބޭނުންކުރުންވެސް މި ޤާނޫނުގެ ދަށުން މަނާކުރެވޭނެއެވެ.

އަދި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުމަށް ޚާއްސަ ލައިސަންސް ނެގުން ލާޒިމްކުރުމަށްވެސް މި އިސްލާހުތަކުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެެށިގެންނެވެ. މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްސަދަކީ ދުންފަތުގެ އިސްތިޢުމާލު ކުޑަކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމެވެ.

މިއަދު އޮންލައިން