ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް ޝިމާދު ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް ޝިމާދު ގޮވާލައްވައިފި

ރާއްޖޭގެ ކުންފުނިތަކުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކައުންޓަންޓުން އިސްނަގައިގެން މަސައްކަތްކުރުމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ގޮވާލައްވައިފިއެވެ.

މިހެން ވިދާޅުވީ މިއަދު ބޭއްވުނު ސީއޭ މޯލްޑިވްސްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިމާދު ވިދާޅުވީ، އެކައުންޓަންޓުން އިސްނަގައިގެން ކުންފުނިތަކުގެ މައްސަލަތަކަށް ހައްލު ހޯދަންޖެހޭ ކަމަށެވެ. "އެކައުންޓަންޓުންނަކީ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަންނަ ބައެއް. އެހެންކަމުން، ކުންފުނިތަކުގެ މައްސަލަތަކަށް ހައްލު ހޯދުމުގައި އެކައުންޓަންޓުންގެ ދައުރު ވަރަށް މުހިންމު،" ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ސީއީއޯ ޑރ. މާހިދު ވިދާޅުވީ، އެކައުންޓަންޓުންނަކީ އިޤްތިސާދުގައި މުހިންމު ބައެއް ކަމަށެވެ. "އެކައުންޓަންޓުންގެ މަސައްކަތަކީ ޤައުމުގެ އިޤްތިސާދީ ދުވެލި ހަލުވިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ޑރ. މާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ 11 ކޮމިޓީއަކަށް 84 މެމްބަރުން ވަނީ އައްޔަންކޮށްފައެވެ. މި ކޮމިޓީތަކުގެ މަސައްކަތަކީ ރާއްޖޭގެ އެކައުންޓިންގ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން