ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މުސާރައިން 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މުސާރައިން 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ރަހީމް އަބްދުﷲ އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމަވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިގެންނެވެ.

މަޖިލީހުގެ ރައީސް މިގޮތަށް ނިންމެވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މިގޮތަށް ނިންމެވި ކަމަށެވެ.

އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 އިންސައްތަ އުނިކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުން ހިމެނެއެވެ.

ނަމަވެސް، މި ފިޔަވަޅުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި 12،000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ ފަރާތްތަކެއް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން