މާލެފަހި ޕްރޮގްރާމާއި ތާޑްޕާޓީ އިންޝުއަރެންސް ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް އިންފޮމޭޝަން ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މާލެފަހި ޕްރޮގްރާމާއި ތާޑްޕާޓީ އިންޝުއަރެންސް ގަވާއިދާ ގުޅޭ މަޢުލޫމާތު ދިނުމަށް އިންފޮމޭޝަން ސެޝަނެއް ބާއްވައިފި

މާލެފަހި ޕްރޮގްރާމްގެ ދަށުން ހިންގޭ ޙަރަކާތްތަކާ ގުޅޭ މަޢުލޫމާތު އިންޝުއަރެންސް ކުންފުނިތަކަށް ދިނުމަށާއި، ތާޑްޕާޓީ އިންޝުއަރެންސް ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިންފޮމޭޝަން ސެޝަނެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މާލެފަހި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކާއި، އެ ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތަިދާތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެއިތުރުން، ތާޑްޕާޓީ އިންޝުއަރެންސް ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސް�ަރ އަޙްމަދު ޒާހިރު ވިދާޅުވީ، "މި ބަދަލުތަކުގެ ސަބަބުން އިންޝުއަރެންސްގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރެންވަރު މަތިވެގެންދާނެ" ކަމަށެވެ.

މި އިންފޮމޭޝަން ސެޝަންގެ ސަބަބުން މާލެފަހި ޕްރޮގްރާމާ ގުޅޭގޮތުން އިންޝުއަރެންސް ކުންފުނިތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އަދި ތާޑްޕާޓީ އިންޝުއަރެންސް ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ދެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވި އެލައިޑް އިންޝުއަރެންސްގެ ސީއީއޯ އިބްރާހީމް ފިރާޤު ވިދާޅުވީ، "މި ސެޝަންގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އިންޝުއަރެންސް ދާއިރާ އިތުރަށް ތަރައްޤީވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވޭ" ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވިއެވެ.

މިއަދު އޮންލައިން