ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލަން ނިންމައިފި

"ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޙައިދަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެއީ ހިޔާވަހި ފައިނޭންސް ސްކީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު ފަންޑު މެނޭޖްކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ދޫކުރެވޭނީ ފުރަތަމަ ފަހަރަށް ގެ އަޅާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ލޯން ސްކީމް ވާނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭ ބޮޑު ޙައްލަކަށް. އަދި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ލިބޭ ބޮޑު ލުޔަކަށް." ވަޒީރު ވިދާޅުވިއެވެ.

މި ސްކީމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭނެ ބޮޑު ޙައްލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސްކީމްގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން، ގިނަ ރައްޔިތުންނަށް އަމިއްލަ ގެދޮރު އެޅުމުގެ ހުވަފެން ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން