ލޮބުވެތި އަޚުން! މީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޅުގަނޑުމެން މުޖުތަމަޢުގަ އުޅޭއިރުގަ ދިމާވާ ކަންތައްތައް. ރުޅިއަކީ ލޮބުވެތި އަޚުން އެއީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެއްކަން އެބަ އިނގޭ. ރުޅި އައިސް ހުންނަ ވަޤުތުގައި، އެއީ ޙާއްޤު ގޮތުގައި ތިމާއާ ދިމާލަށް މީހަކު، ޙަޤީގަތިގައި ތިމާއަށް ޙައްޤު ނުވާ އެއްޗިހިތަކެއް ކިޔައިގެން ތިމާ އެމީހަކު ދެކެ ޙައްޤު ގޮތުގައި ރުޅި އަންނަން ވިޔަސް އެވަޤުތުގައި ޞައިޠާނާ އެ ރުޅީގެ ބޭނުންކޮށް ބައެއް ފަހަރަށް ތިބާ ލައްވާ ގޯސް ހަދުވާތަން އެބައާދޭ.
ލޮބުވެތި އަޚުން! މިކަހަލަ ކިތަންމެ ކިތަންމެ ޙާދިޘާތަކެއް މުޖުތަމަޢުގަ ހިނގާފަ އެބަހުރި. އަޅުގަނޑު ހަމަ މިސާލެއްގެ ގޮތުން އެންމެ ޙާދިޘާއެއް ޒިކުރު ކޮށްލަން ބޭނުންވަނީ. މީ ޢަރަބި ދުނިޔޭގައި ހިނގާ ދިޔަ ޙާދިޘާއެއް. ޙަޤީގީ ހާދިޘާއެއް.
މީހަކު އޭނަގެ ޚާދިމާ ކައިރީގަ މި ބުނަނީ، އެމީހާގެ ފިރިމީހާ، މާނައަކީ ގޭގެ ޞާޙިބާ، ގޭގެ އަންހެން މީހާ މި ބުނަނީ އޭނަގެ ޚާދިމާ ކައިރީގަ ފިރިމީހާގެ ހެދުން އިސްތިރި ކޮށްދޭށޭ، ގަމީސް އިސްތިރި ކޮށްދޭށޭ. ފިރިމީހާގެ ގަމީސް އިސްތިރި ކޮށްދޭން ޚާދިމާ މި ދިޔައީ. ގޮސް އިސްތިރި ކުރުމުގެ ތެރޭގަ އިސްތިރީގެ ދޮން ބޮޑުވެގެން ވިޔަސް ކަމެއް ދިމާވެގެން ގަމީހުގެ ބައެއް އަނދައިފި. އެއްކަލަ އަންހެން މީހާއަށް އާދެވުނު އިރުގައި، އޭނަ މިހިރީ ބޭރަށް ދާން ތައްޔާރު ވެގެން. ބޭރަށް ދާން ތައްޔާރު ވެގެން މިހިރީ، އައިސް ގެއަށް، އެއްކަލަ އިސްތިރި ކުރެވުނު ތޯ ބަލާލަން އައިސް ޗެކް ކުރި އިރުގައި ޚާދިމާ މިހިރީ ކަންބޮޑުވެފައި. ގަމީސް ހަލާކުވެފަ އޮތީމަ، އަންދައިގެން ގޮސްފަ އޮތީމަ.
އެވަގުތު އޭނާގެ ގާތަށް އައިރުޅިން، މި އަންހެން މީހާގެ ގާތަށް އައި ރުޅިން، އެއްކަލަ ދޮންބޮޑުވެފަ ހުރި އިސްތިރި ނަގާ ގޮސް އެއްކަލަ ޚާދިމާގެ މޫނުގަ މި ޖެއްސީ. މީ ކޮން ކަމެއްތޯ ލޮބުވެތި އަޚުން، ގަމީހެއް، ގަމީހެއް ވީދިގެން ނުވަތަ އަނދައިގެން ދިޔައީމަ އޭގެ ބަދަލުގަ އިންސާނެއްގެ މޫނުގަ މި ޖައްސަނީ އެ ހޫނު އިސްތިރި. ޖެއްސީމަ ދެން ވާނެ ގޮތް ތިބޭފުޅުން އަމިއްލައަށް ތަސައްވުރު ކުރައްވާ. އޭނައަކީ އިންސާނެއް ޚާދިމާއެއް ކަމުގައި ވިޔަސް. އިންސާނަކަށް ލިބިގެންވާ ހުރިހާ ޙުރުމަތެއް އޭނާއަށްވެސް ލިބިގެންވާނެ.
ކިހިނެއްތޯ ވެގެންދިޔައީ؟ އެހިސާބުން އެކަން ނިމުނީކީ ނޫން އިނގޭތޯ. މި މީހާ ގާތަށް އައި ރުޅިން، އަނެހްންމީހާ ގާތަށް އައި ރުޅިން އެވަގުތު ޝައިޠާނާގެ ވަސްވާހުގެ މައްޗަށް ޢަމަލުކުރުމުން އޭނާއަށް އެ އަންހެން މީހާއަށް ޚާދިމާއަށް ލިބިގެން ދިޔައީ ވަރަށް ހިތާމަވެރިކަމެއް. އޭނާގެ އެންމެ ޝަރަފުވެރި ގުނަވަނަށް ގެއްލުން ވެގެން ދިޔައީ.
އެކަމަކު އެހިސާބުން ނިމުނީކީ ނޫން ލޮބުވެތި އަޚުން. އަންހެން މީހާ ދިޔައީ. އޭނަ ދާންބޭނުންވާ ތަނަކަށް މިދިޔައީ. އޭނާގެ ތުއްތު ތުއްތު ދަރިޔެއް މި ޚާދިމާގެ އަތަށް ދޫކޮށްފަ. އޭނާގެ މޫނު، އެ ޚާދިމާގެ މޫނު އެއްކޮށް އަނދައިގެން ދިޔައީމާ، އޭނަ އެހިސާބުން ދޫކުރާނެތަ. އޭނަވެސް ހަމަ އެއްކަލަ ޝައިޠާނީ ރުޅިވެރިކަމުގެތެރޭގާ ގޮސް އެއްކަލަ ދޮންބޮޑުވެފައިވާ އިސްތިރި ނަގައިގެން ގޮސް އެ ތުއްތު ތުއްތު ކުއްޖާގެ ގައިގާ ޖައްސާ، ކުއްޖާ އެއްކޮށް ފިހިގެން ދިޔައީ. އެ ކުއްޖާ މިދުނިޔެ ދޫކޮށްފާ ދިޔައީ، މަރުވެގެން ދިޔައީ. އަންހެންމީހާ އައި އިރުގާ މިއޮތީ މިކަން ވެފަ. މީ ހަމަ ކުޑަކުޑަ ކަމެއްގައި ރުޅި އައުމުގެ ސަބަބުން ހީވެސް ނުކުރާހާ ކަންތައްތަކެއް މިއޮތީ ދިމާވެފަ.
އަޅުގަނޑުމެން ދިރިއުޅުމުގެ ތެރޭގާ ލޮބުވެތި އަޚުން މިގޮތަށް އެބަ ކަންތައްތައް ދިމާވޭ. ދެމީހަކު ދޭތެރޭގަ ޒުވާބު ކުރެވި، އެހިސާބުން ކޮންމެސް އެކެއްގެ ގާތަށް ރުޅިއައިސް ރުޅި ގަދަވެ، އޭނާގެ އަތުން ފައިން ގޯސް ހެދޭތަން އެބަ ފެނޭ. އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ ލޮބުވެތި އަޚުން " ވަރުގަދަ މީހަކީ އެއީ ރުޅި އަވަހަށް އަންނަ މީހާއެއް ނޫނޭ، ނުވަތަ ރުޅި ކޮންޓްރޯލް ނުކުރެވިގެން އުޅޭ މީހާއެއް ނޫނޭ. ވަރުގަދަ މީހަކީ އެއީ ރުޅި އަންނަހިނދުގައި އެ ރުޅި ކޮންޓްރޯލް ކުރާ މީހާއޭ" އެހެންމަ އަޅުގަނޑުމެން އަބަދުވެސް ލޮބުވެތި އަޚުން، ވިސްނަން ވާނެ ރުޅި އައިއްސަ ހުންނަ ވަޤުތުގައި އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރުމަށް. އެހެންވެ އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް މިވަނީ ރުޅި އައިއްސަ ހުންނަ މީހާ އޭނާ އެހުންނަ މަޤަމުން އެހެން މަޤަމަކަށް ބަދުލުވާން. ކޮޅަށް ހުންނަ އިރުގައި އޭނަ ރުޅި އައިއްސި ކަމުގައި ވާނަމަ އިށިއިނުމަށް، އަދި އިށިއިނދެގެން އިންނަ ހިނދުގައި ރުޅި އައިއްސިނަމަ ކޮޅަށް ތެދުވުމަށް، ވުޟޫ ކުރުމަށް. މިފަދަ އިރުޝާދުތައް އައިސްފަ އެބަހުރި. އެހެންމަ ލޮބުވެތި އަޚުން މީގަ އަޅުގަނޑުމެން ވިސްނަންޖެހޭ އަޅުގަނޑުމެންގެ މި ދީނަކީ ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް ފުރިހަމަ އިރުޝާދުތައް ދެއްވާފައިވާ ދީން. އެހެންމަ މި ދީނުގައި ރުޅި ކޮންޓްރޯލް ކުރާނެ ގޮތްތައްވެސް މިވަނީ ބަޔާން ކުރައްވާފަ.
ލޮބުވެތި އަޚުން! ރުޅި ގިނަ ފަހަރަށް މި އަންނަނީ އަޅުގަނޑުމެންގެ ހިތްހަމަ ނުޖެހޭ ކަންތައްތައް ދިމާވީމަ. ބައެއް ފަހަރަށް ރުޅިއައުމުގެ އެއް ސަބަބު، މީހަކު ދެކެ ރުޅި އަންނަން މި ދިމާވަނީ ކުދިކުދި ކަންތައްތައް ދިމާވެގެން ބައެއް ފަހަރަށް.
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން