ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލްއަށް ނައިބު ރައީސް މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލްއަށް ނައިބު ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލް ޝަރލީ އަޔޯރކޯރ ބޮޗްވޭއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ. 

މިކަމާ ގުޅިގެން ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޢިއްޒަތްތެރި އައޯކޯ ބޮޗްވޭ އަށް ކޮމަންވެލްތުގެ ދެން އޮތް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދަންނަވަމެވެ. މިދައުރުގައި ކޮމަންވެލްތު ގައުމުތަކުގެ ކުރިއެރުމަށްޓަކައި ސަރުކާރުން ގާތުން މަސައްކަތްކުރުމަށް އަޒުމު ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.

މީގެއިތުރުން، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުވެސް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ގާނާގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެފައެވެ. އެކަމަނާގެ ދައުރުގައި ދިވެހިރާއްޖެއިން ކޮމަންވެލްތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝަރލީ އަޔޯރކޯރ ބޮޗްވޭ އަކީ ގާނާގެ ކުރީގެ ޚާރިޖީ ވަޒީރެވެ. އޭނާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިވަޑައިގަތީ ސަމޯއާގައި ބޭއްވުނު ކޮމަންވެލްތު ސަރުކާރުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައެވެ. މި މަޤާމަކީ ކޮމަންވެލްތުގެ އެންމެ އިސް މަޤާމެވެ.

ދިވެހިރާއްޖެއަކީ 1982 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ މެންބަރެކެވެ. ކޮމަންވެލްތަކީ 56 ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މެންބަރު ޤައުމުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން