ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ދަރުބާރުގޭއި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ދަރުބާރުގޭއި ބާއްވަނީ

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު، ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

މި ގުރުއަތުލުމުގައި ޖުމްލަ 3,520 ގޯތި ދޫކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާޑިއާއިން ލައިވްކޮށް ދައްކާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުރުއަތުލުމަށް ޙާޟިރުވާ ފަރާތްތަކާ ގުޅޭގޮތުން ވުޒާރާއިން ވަނީ ޚާއްޞަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، ގޯތި ލިބުނު ފަރާތުގެ ބަދަލުގައި އެހެން މީހަކު ޙާޟިރުވާނަމަ، ބިން ލިބުނު ފަރާތުގެ ހުއްދައާއި އައިޑީ ކާޑު ކޮޕީ ގެންނަންވާނެ ކަމަށް ބުނެފައިވެއެވެ.

ގުޅިފަޅުން ދޫކުރެވޭ ގޯތިތަކުގެ ސައިޒާ ގުޅޭގޮތުން ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ގޯތިތައް ވަނީ 1,250 އަކަފޫޓުން ފެށިގެން 3,650 އަކަފޫޓާ ހަމައަހަމައަށް ތަފާތު 7 ބާވަތަކަށް ބަހާލެވިފައެވެ.

މިއަދު އޮންލައިން