ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކ. ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 24 އޮކްޓޯބަރުގައި ފެށި މަސައްކަތުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ މީހުން ހިމެނެއެވެ. އޮޕަރޭޝަންގެ ތެރޭގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީންނާ ސުވާލުކުރެވުނު ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.މީގެ އިތުރުން، 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، 5 ދިވެހިންނަށް ނަސޭހަތްދެވުނެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ 20 އޮފިސަރުންނާއި ފުލުހުންގެ 9 އޮފިސަރުން ބައިވެރިވިއެވެ.



އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގެ މަޤްޞަދަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އެޅުމާއި، އެކަމުން ލިބޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ގެއްލުން ކުޑަކުރުމެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިއަދު އޮންލައިން