އިޒްރޭލުން އިރާނާ ދެކޮޅަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
އިޒްރޭލުން އިރާނާ ދެކޮޅަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިސްލާމީ ޖުމްހޫރިއްޔާ އިރާނަށް އިޒްރޭލުން ރޭ ދިން ހަނގުރާމަވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އިރާނުގެ މިނިވަންކަމާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށެވެ.

ބަޔާނުގައި ވަނީ ސަރަޙައްދުގެ ޤައުމުތަކާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުން އިތުރުވެފައިވާ މި ހާލަތުގައި ވަގުތުން ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ހަމަނުޖެހުން ކުޑަކޮށް، ބައިނަލްއަޤްވާމީ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.

މީގެއިތުރުން، މި ސަރަޙައްދުގައި ދެމެހެއްޓެނިވި ސުލްޙަ ޤާއިމުކުރުމަށްޓަކައި މަޝްވަރާކުރުން އިތުރުކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

 

މިއަދު އޮންލައިން