ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިންމުންތަކާ ގުޅޭ 539 ޝަކުވާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިންމުންތަކާ ގުޅޭ 539 ޝަކުވާ!

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުރީގެ ނިންމުންތަކާ ގުޅޭ 539 ޝަކުވާ ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.

އަލަށް އައްޔަންކުރެވުނު ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވަނީ ޕްރޮސެކިއުޓަރ ޖެ ޖެނެރަލްގެ އޮފީހުގެ ނިންމުންތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައެވެ. މިގޮތުން ލިބުނު ޝަކުވާތައް ބެލުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް އެކުލަވާލެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، ކޯޓުގައި ހިނގަމުންދާ މައްސަލަތައް ފަސްކުރެވޭނީ ޙުކުމާ ހަމައަށް ގޮސްފައިވާ މައްސަލަތަކުގައި އެކަންޏެވެ. މީގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެންގެ މަޤްޞަދަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުމެވެ. މި ޝަކުވާތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންކަން އިޞްލާޙުކުރުމަށް މަސައްކަތްކުރާނަން." ކަމަށެވެ.

މި ފުރުޞަތުގެ ސަބަބުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކުގެ ހާމަކަން އިތުރުވެ، ޢަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން