އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ޤާނޫނަށް އިސްލާހެއް ހުއް ހުށަހެޅިއްޖެއެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، މެންބަރުން އައްޔަންކުރުމުގެ އުސޫލު އެއްހަމަކުރުމެވެ.
މި އިސްލާހާ އެކު، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތައް ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ފާސްކުރަންޖެހޭނެއެވެ. މިއީ މިހާރު ޢަމަލުކުރަމުންދާ ގޮތާ ތަފާތު އުސޫލެކެވެ. މިހާރު ރައީސާއި ނައިބު ރައީސް އައްޔަންކުރަނީ ކޮމިޝަނުގެ މެންބަރުންގެ ވޯޓަކުންނެވެ.
އިތުރު ބަދަލެއްގެ ގޮތުގައި، މި އިސްލާހާ އެކު ރައީސާއި ނައިބު ރައީސް އިސްތިއުފާ ދޭންވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިއީވެސް މިހާރު ޢަމަލުކުރަމުންދާ ގޮތާ ތަފާތު އުސޫލެކެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، އޭސީސީ އަދި އީސީގެ އިތުރުން އެހެން މުސްތަޤިއްލު ކޮމިޝަންތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލު ވެސް ބަދަލުވެގެންދާނެއެވެ.