ޑރ. ޝަހީމް ޚާއްޞަ ތަފްސީރު ޕްރޮގުރާމެއް ހުޅުމާލޭ މަސްޖިދު ރަޝީދުގައި ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޑރ. ޝަހީމް ޚާއްޞަ ތަފްސީރު ޕްރޮގުރާމެއް ހުޅުމާލޭ މަސްޖިދު ރަޝީދުގައި ފެށުމަށް ނިންމައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭ މަޢުލޫމާތުގައިވާ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޚާއްޞަ ތަފްސީރު ޕްރޮގުރާމެއް ކޮންމެ ހުކުރު ދުވަހެއްގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ މަސްޖިދު ރަޝީދުގައި ބޭއްވުމަށް ނިންމަވައިފިއެވެ.

މި ޕްރޮގުރާމުގައި އަލިއަޅުވާލައްވާނީ ކީރިތި ޤުރުއާނުގެ ކަހްފު ސޫރަތުގެ ތަފްސީރަށެވެ. މި ޕްރޮގުރާމަކީ ރައްޔިތުންނަށް އިސްލާމްދީނުގެ ޢިލްމު އުނގަންނައިދިނުމަށާއި، ޤުރުއާނުގެ މާތް މެސެޖުެޖު ފޯރުކޮށްދިނުމަށް ވަޒީރު އިސްނަންގަވައިގެން ފައްޓަވާ ޕްރޮގުރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މާލޭގެ އިސްލާމީ މަރުކަޒުގައިވެސް ކޮންމެ ހަފްތާއަކު ތަފްސީރު ކުލާސްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ތަޢުލީމު ފެތުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި ޕްރޮގުރާމް ފެށޭ ތާރީޚާއި އިތުރު ތަފްޞީލުތައް އަންނަ ދުވަސްތަކުގައި އިޢުލާން ކުރައްވާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން