އެމްއެމްއޭއިން ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް މަރުޙަބާ ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
އެމްއެމްއޭއިން ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް މަރުޙަބާ ކިޔައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ކިޔައިފިއެވެ. މިކަން އެމްއެމްއޭއިން ހާމަކޮށްފައިވަނީ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭގޮތުން ދީފައިވާ ފަންނީ ލަފާގައެވެ.

އެމްއެމްއޭގެ ފަންނީ ލަފާގައި ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތު ދައުލަތަށް މާލީ އެހީ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މިހެންވުމުމުން، ދައުލަތުގެ ޚަރަދުތައް ސްޓްރީމްލައިންކޮށް، ކުޑަކުރުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ.

މީގެއިތުރުން، އެމްއެމްއޭއިން ވަނީ ފައިސާ ޗާޕުނުކޮށް ދައުލަތުގެ ކޭޝްފްލޯ ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މިކަމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން