500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މުލަކުގައި ޤާއިމްކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މުލަކުގައި ޤާއިމްކުރުމަށް ހަވާލުކޮށްފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ސަޢޫދީ ޢަރަބިއްޔާގެ އާރްއޯއެސް ފޯ ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އަގަކީ 5.2 މިލިއަން އެމެރިކާ ޑޮލަރު (80 މިލިއަން ދިވެހި ރުފިޔާ) ކަމަށް ވުޒާރާއިން ހން ހާމަކުރިއެވެ. އަދި މި މަޝްރޫޢު ނިންމުމަށް 300 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ފެސިލިޓީ ނިމުމުން ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރެވޭނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ. މިއީ މެދު ރާއްޖެތެރޭގެ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

"މި ފެސިލިޓީ ޤާއިމްކުރުމުން މެދު ރާއްޖެތެރޭގެ މަސްވެރިންނަށް މަސް ރައްކާކުރުމާއި، އަގު ހޯދުމުގައި ދިމާވާ ގިނަ ދަތިތަކެއް ޙައްލުވެގެންދާނެ," މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ވަސީލަތްތައް ޤާއިމްކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރައި، ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން