ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުޅުމާލެ ފޭސް 2 އިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކޮށް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކޮށް މިއަދު ވަނީ ނިމިފައެވެ. މިކަން އިއުލާނުކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

އެޗްޑީސީން މައުލޫމާތު ދެއްވިގޮތުގައި، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ޖުމްލަ 1،407 ގޯތި ހަވާލުކޮށް ނިމިފައިވެއެވެ. މީގެ އިތުރުން، ހުޅުހުޅުމާލެ ފޭސް 3 އިން 699 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދު ހިއްކުމުގެ މަސައްކަތް ނިމުމުން، ނޮވެމްބަރު މަހުގައި މި ގޯތިތައް ހަވާލުކުރަން ފެށޭނެކަމަށް ލަފާކުރެވެއެވެ.

އެޗްޑީސީން އިތުރަށް ހާމަކުރިގޮތުގައި، ގިރާވަރުފަޅުން 5،000 އަށްވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ. އަދި މި ސަރަހައްދުވެސް ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަހަމަޖެހިފައެވެ. މި ގުރުއަތުލުން ޔޭސް ޓީވީން ދައްކާނެކަމަށްވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

މި ގޯތި ދޫކުރުމުގެ މަޝްރޫއަކީ ސަރުކާރުން ގެދޮރުވެރިކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެއްގެ ބައެކެވެ. މި މަޝްރޫއުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ލިބި، ގެދޮރުވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން