މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން "ލޭބަރ ފޯސް ސަރވޭ" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން "ލޭބަރ ފޯސް ސަރވޭ" ފަށައިފި

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު "ލޭބަރ ފޯސް ސަރވޭ" ފަށައިފިއެވެ. މި ސަރވޭއަކީ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ.

އެމްބީއެސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސަރވޭ ކުރިއަށް ގެންދާނީ މާލޭގެ ހޮވާލެވޭ ގޭބިސީތަކުގައެވެ. ސަރވޭގައި އާންމު މަޢުލޫމާތާއި، ހިޖުރަކުރުމާއި، ތަޢުލީމާއި، ވަޒީފާއާއި، އާމްދަނީއާއި، ގޭތެރޭގެ މަސައްކަތާއި އަދި ހިލޭސާބަހަށް ކުރާ މަސައްކަތާ ގުޅޭ މަޢުލޫމާތު ހޯދާނެއެވެ.

މި ސަރވޭ ކުރިއަށް ގެންދަނީ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ހުއްދަ ލިބިގެންނެވެ. އެމްބީއެސްއިން ވަނީ ސަރވޭގައި ބައިވެރިވާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ސިއްރުކުރެވޭނެ ކަމަށް ޔަގީންކަން ދީފައެވެ.

އެމްބީއެސްއިން ވަނީ ރައްޔިތުންނަށް ގޮވާލާފައި، މި މުހިންމު ސަރވޭގައި ތެދު މަޢުލޫމާތު ދިނުމަށެވެ. މިއީ ޤައޤައުމުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި ސަރވޭގެ ނަތީޖާ ބޭނުންކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން