ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ބިން ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ބިން ކަނޑައެޅުމުގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ބިން ކަނޑައެޅުމަށް ބޭއްވްވޭ ގުރުއަތުލުން މިއަދު ފަށައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ގުރުއަތުލުން ކުރިއަށްދަނީ މާލޭގެ ދަރުބާރުގޭގައެވެ.

މި ގުރުއަތުލުމުގައި ކުރިން ޕްލޮޓް ލިބުނު އަދި ނުލިބޭ ފަރާތްތަކުގެ އިތުރުން، ގިރާވަރު ފަޅުން ގުޅީފަޅަށް ބަދަލުވި މީހުންގެ ގުރުއަތުވެސް ހިމެނެއެވެ. ގުރުއަތުލުމުގައި ބައިވެރިވާ ފަރާތްތަކުގެ ބަދަލުގައި އެހެން މީހަކު ހާޒިރުވާނަމަ، އެފަރާތަކުން ހުއްދަ ދޭ ލިޔުމާއި އައިޑީ ކާޑު ގެންނަންޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 3520 ގޯތި ދޫކުރެވޭނެއެވެ. ނަމަވެަމަވެސް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސްފައިވާތީ، ކުރިން ހަމަޖެހިފައިވާ ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ގުރުއަތުލުމަކީ ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަރުހަލާއެއް ކަމަށްވާއިރު، މިކަމުން ގިނަ ޢާއިލާތަކަކަށް ދިރިއުޅުމުގެ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ގުރުއަތުލުން ނިމުމާއެކު، ގޯތި ލިބޭ ފަރާތްތަކަށް އަވަސް ފުރުޞަތެއްގައި ބިން ޙަވާލުކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން