ޑރ. ޚަލީލާއި، ޒަމީރު އަދި ނާޡިމަށް މަޖިލީހުން ރުހުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޑރ. ޚަލީލާއި، ޒަމީރު އަދި ނާޡިމަށް މަޖިލީހުން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މި ތިން ވަޒީރުންނަކީ ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލް، މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު، އަދި ސިއްޙީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

ކެބިނެޓަށް ގެނެވުނު ބަދަލާ ގުޅިގެން، މި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުނެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ނިންމިއެވެ.

ޤާނޫނުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހަށް ގެނެވޭ ބަދަލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. މިގޮތުން، މި ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމާއެކު، އެ ބޭފުޅުންނަށް ރަސްމީކޮށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

މި ބަދަލާއެކު، ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވުޒާރާގެ އެންމެ އިސް މަޤާމަށް ވަޑައިގަންނަވާއިރު، މޫސާ ޒަމީރު މާލީ ވުޒާރާގެ ޒިންމާ އުފުއްލަވާނެއެވެ. އަދި ޢަބްދުﷲ ނާޡިމް އިބްރާހީމް ސިއްޙީ ވުޒާރާގެ އެންމެ އިސް މަޤާމު ފުރުއްވާނެއެވެ.

 

މިއަދު އޮންލައިން