އީސީ އާ އޭސީސީގެ ރައީސާ ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން މިދިއަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
އީސީ އާ އޭސީސީގެ ރައީސާ ނާއިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން މިދިއަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމެއް!

އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް ކަމަށާއި އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް ކަމަށް އީސީގެ ކުރީގެ ނައިބްރައީސް އަދި މިހާރު އެޗްއާރުސީއެމްގެ ނައިބްރައީސް އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ. 

އިސްމާޢީލް ޙަބީބް މިއަދުނޫހަށް ވިދާޅުވީ މިނިވަން 4 މުއައްސަސާގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި ހުރިހާ މުއައްސަސާތަކުގެ ފަރާތުން މިކަރުދާސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހެޅުއްވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ވެރިކަން ބަދަލުވި ފައްތަރުމަތީގައި، އިންތިޤާލީ މަރުޙަލާގައި ހަމަ މިމައްސަލަ އީސީގެ ފަރާތުން ވާނީ އިންތިޤާލީ ކޮމިޝަނަށް ހުށަހަޅުއްވާފައި ކަމަށެވެ. 

"ކޮންމެ ކަމިޝަނެއްގެ މެންބަރަކަށްވެސް ވެވެނީ ރައީސުލްޖުމްހޫރިއްޔާ އެމީހެއްގެ ނަން މަޖިލީހަށް ފޮނުއްވެވުމުން. ވީމާ ކިމިޝަނުގެ މެންބަރުން ރައީސް އާއި ނައިބްރައީސް ހޮވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ކުރެއްވުމުން ޖެެހންވީ މައްސަލައެއް ފާހަގައެއް ނުކުރެވޭ. އަދި ކޮމިޝަނުގެ މެންބަރުންނަށް ރައީސް ވަކިކުރެވޭ ގޮތަށް ބައެއް މުއައްސަސާތަކުގައި އޮތުމަކީ މެންބަރުގެ ނުފޫޒުގައި ރައީސަށް ފިތެންވެސް ޖެހޭ ކަމެއް." އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ. 

"އެކަރުދާހުގަ އޮންނާނެ މިންތީގެ ހަމަހަމަކަން އޮންނަންވާނީ ހަމައެކަނި ސިވިލް ސާވިސް ކޮމިޝަނުގަ ނޫންކަމަށާ އެހެންކޮމިޝަންތަކުގެ ޤާނޫނުގަވެސް އެކަން އެގޮތަށް އޮންނަންޖެހޭނެ ކަމަށް. އަދި ހުރިހާ ކޮމިޝަންތަކުގަވެސް އޮންނަން ޖެހޭނެ. އަދި މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން ކޮމިޝަންތަކުގެ މެންބަރުން ވަކިކުރެވޭ ގޮތަށް އޮތުމަކީވެސް ކަންބޮޑުވާ ކަމެއްކަމަށް. ހަމަ އެއާއެކު މިނިވަން މުއައްސަސާތަކަށް ބަޖެޓު ދިނުމަށްފަހު ޚަރަދުކުރަން ބޭނުންވުމުން ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަންޖެހުމަކީ ބޭރުގެ ޖަމާޢަތްތަކުންވެސް ކަންބޮޑުވުން ފައުޅުކުރާ ކަމެއް." ކަމަށާއި މިކަންކަން ހުރިހާ މުއައްސަސާތަކުންވެސް ފާހަގަކުރާކަމަށްވެސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން