ވިލާ ކޮލެޖުން ކޯސް ފުރިހަމަކުރި 109 ނަރުހުން ހުވާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވިލާ ކޮލެޖުން ކޯސް ފުރިހަމަކުރި 109 ނަރުހުން ހުވާކޮށްފި

ވިލާ ކޮލެޖުން ނަރުސް ކޯސް ފުރިހަމަކުރި 109 ދަރިވަރުން އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ނަރުހުންގެ ހުވާކޮށްފިއެވެ.

ނަރުހުންގެ ހުވައަކީ އިންސާނިއްޔަތުކަމާއި ޚިދުމަތުގެ މަތިވެރި ވައުދެކެވެ. މި ހުވާ ކުރުމާއެކު، މި 109 ދަރިވަރުން ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ނަރުހުންގެ ގޮތުގައި ޚިދުމަތް ކުރުމަށް ތައްޔާރުވެފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރާ ފާތިމަތު ޞާލިހާ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ފާތިމަތު ޞާލިހާ ވިދާޅުވި ގޮތުގައި ނަރުސްކަމަކީ މަތިވެރި ވަޒީފާއެކެވެ. އަދި މި މަސައްކަސައްކަތުގައި އޯގާތެރިކަމާއި އިޚްލާޞްތެރިކަން ހުންނަންޖެހޭނެއެވެ. އޭނާ އިތުރަށް ވިދާޅުވީ ބަލިމީހުންނަށް ޚިދުމަތް ދިނުމަކީ ހަމައެކަނި އާމްދަނީއަށް ނޫން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދިގެން ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

ވިލާ ކޮލެޖުން މި ރަސްމިއްޔާތު ބޭއްވުމުގެ މަޤްޞަދަކީ އަލަށް ތަމްރީނުވި ނަރުހުން ފަންނީ މައިދާނަށް ނުކުތުމުގެ ކުރިން އެ މީހުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ މުހިންމުކަން ހަނދާންކޮށްދިނުމެވެ. މި ރަސްމިއްޔާތަކީ ނަރުހުންގެ ދާއިރާގައި ކުރިއަށް އޮތް ދުވަސްތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ބަޔަކު ވަޒީފާގެ މައިދާނަށް ނުކުތުމުގެ ފެށުމުގެ ފާހަގަކުރުމެވެ.                     

މިއަދު އޮންލައިން