"ސެމިނަރ އޮން މެރިން ސްޕެޝަލް ޕްލޭނިންގ އެންޑް ބްލޫ އިކޮނޮމިކް ޑިވެލޮޕްމަންޓް ފޮރ ކަންޓްރީސް އެލޯންގ ދި މެރިޓައިމް ސިލްކް ރޯޑު"ގައި ބައިވެރިވެވަޑައިގެންނެވުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސް، ހަމްދީ އަޤީލް ފުރާވަޑައިގެންފިއެވެ.
މިގޮތުން 30 އޮކްޓޫބަރު 2024 އިން 12 ނޮވެންބަރު 2024 އަށް ޗައިނާގެ ޒިއަމެން ސިޓީގައި ބާއްވާ މި ސެމިނަރގައި ޕީ.ސީ.ބީގެ ރައީސްގެ އަރިހުގައި އެ ބޯޑުގެ މެންބަރު، މޫސާ ފަތުޙީވެސް ބައިވެރިވެވަޑައިގަންނަވަމެވެ.
މި ސެމިނަރއަށްފަހު ހަމްދީ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 13 ނޮވެންބަރު 2024 ގައެވެ.