މަސް ރައްކާކުރެވޭ ސްޓޯރޭޖު 25,000 ޓަނަށް މަތިކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މަސް ރައްކާކުރެވޭ ސްޓޯރޭޖު 25,000 ޓަނަށް މަތިކުރަނީ

ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގައި މަސް ރައްކާކުރެވޭ ޖާގަ 25,000 ޓަނަށްވުރެ މަތިކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގައި މަސް ރައްކާކުރެވޭ ޖާގައަކީ 8,500 ޓަނު ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މި އަދަދު ތިން ގުނައަށްވުރެ އިތުރަށް މަތިކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ 2,500 ޓަނަށް އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި، މި މަސައްކަތް 2026 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން 70 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ޤާއިމްކުރުމަށް ފަންޑު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރާ ފެސިލިޓީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ފުރިހަމަވުމުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން