ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ މުބާރާތްތަކުގައި ބައިވެރިވުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ބުނެފިއެވެ.
މެކްސިކޯގައި ބޭއްވޭ ރީތީގެ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވާކަމުގެ ޚަބަރު އިޖުތިމާޢީ މީޑިއާގައި ފެތުރުމާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނެރުރު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުން ބަލައިނުގަންނަ ކަމަށެވެ.
"ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ސަރުކާރުން ކުށްވެރިކުރާ ކަމެކެވެ. އަދި މިފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް އަޅުގަނޑުމެން ރައްޔިތުންނަށް ގޮވާލަމެވެ،" މިހެން ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުން އެނގޭ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމީ އަޤީދާއާއި ސަގާފަތް ހިމާޔަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ބޮޑުކަން ފާހަގަކުރެވެއެވެ. އަދި ދިވެހި ރައްޔިތުން މިފަދަ ކަންކަމާ ދުރުހެލިވުމަށް ސަރުކާރުން އިލްތިމާސްކުރާކަންވެސް ފާހަގަކުރެވެއެވެ.