އާސަންދައިން ކުރެވޭ އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން އާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިގޮތުން، 1 ނޮވެމްބަރު 2024 އިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދޭން ފަށާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ވަނީ ބުނެފައިވެއެވެ.
މި އައު އުސޫލުގެ ދަށުން، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓް ޚިދުމަތްތަަތްތަކަށް ވަކިން ފިޔަވަޅު އެޅޭނެއެވެ. ނަމަވެސް، ޕްރައިވެޓް އިންޝުއަރެންސް ނެތް ފަރާތްތަކަށް އާސަންދައިން ކުރިއެކޭ އެއްގޮތަށް ޚިދުމަތް ލިބޭނެކަން އެންސްޕާއިން ކަށަވަރުކޮށްދީފައިވެއެވެ.
އެންސްޕާގެ ސީނިއަރ އޮފިޝަލެއް ވިދާޅުވި ގޮތުގައި، "މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިގެ ހޭދަ ކުޑަކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އަމާޒުކުރުމެވެ. މިގޮތުން، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން އެ އިންޝުއަރެންސް ބޭނުންކުރުމަށް އަޅުގަނޑުމެން ބާރުއަޅަމެވެ."
މީގެއިތުރުން، އާސަންދައިގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ޢާންމުންގެ އެއްބާރުލުން ބޭނުންވާކަން އެންސްޕާސްޕާއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޚިދުމަތުގެ ރަސީދު ހޯދުމަށާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ބަދަލާ ގުޅިގެން ޢާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުް އުފެދިފައިވާއިރު، ގިނަ ފަރާތްތަކުން މި ފިޔަވަޅަކީ އާސަންދައިގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެކެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މި ބަދަލުގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އެންސްޕާއިން ބުނެފައިވަނީ މި އައު އުސޫލު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތައް ގާތުން ބަލައި، ބޭނުންވާ އިޞްލާޙުތައް ގެނައުމަށް ތައްޔާރަށް ތިބޭނެ ކަމަށެވެ.