އާސަންދައިން އައުޓްޕޭޝަންޓް ޚިދުމަތަށް ގެނައި މައިގަނޑު ބަދަލުތައް އާއްމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އާސަންދައިން އައުޓްޕޭޝަންޓް ޚިދުމަތަށް ގެނައި މައިގަނޑު ބަދަލުތައް އާއްމުކޮށްފި

އާސަންދައިން އައުޓްޕޭޝަންޓް ޚިދުމަތަށް ގެނައި މައިގަނޑު ބަދަލުތައް އާއްމުކޮށްފިއެވެ. 

އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލުތަކުގެ ދަށުން އަމިއްލަ އިންޝުއަރެންސް އޮތް ފަރާތްތަކުން އެ އިންޝުއަރެންސް ބޭނުންކުރަންޖެހޭނެއެވެ. އަދި އަމިއްލަ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނުވަތަ ކަވަރ ނުކުރާ ޚިދުމަތްތަކަށް އާސަންދަ ބޭނުންކުރެވޭނެއެވެ.

އިތުރަށް، އައުޓްޕޭޝަންޓް ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލް ނުކުރެވޭނެކަމަށް އާސަންދައިން ބުނެފައިވެއެވެ. އަދި އަމިއްލަ އިންޝުއަރެންސް އޮތް ފަރާތްތަކަށް އާސަންދަ ޕޯޓަލް ބޭނުން ނުކުރެވޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، މި ބަދަލުތަކުގެ ދަށުން ޕޮލިސް އަދި ޑިފެންސް ފޯސްގެ ސްކީމްތައް ނުހިމެނޭކަމަށް އާސަންދައިން ފާހަގަކޮށްފައިވެއެވެ. އަދި އިންޕޭޝަންޓް ޚިދުމަތްތަކަށް ކުރިން އޮތް އުސޫލުން އާސަންދަ ބޭނުންކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މި ބަދަލުތައް އަމަލުކުރަން ފަށާނީ 1 ނޮވެމްބަރު 2024 އިން ފެށިގެންނެވެ.

މި ބަދަލުތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް 1400 އަށް ގުޅުމަށް އާސަންދައިން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މި ބަދަލުތަކުގެ މަޤްޞަދަކީ އާސަންދައިގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުންކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން